ޖުލައި 28 އަދި އޮގަސްޓް 15 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ކަނޑައަޅައިފި
މި ހިނގާ ޖުލައި މަހުގެ 28 ވާ އާދިއްތަ ދުވަސް އަދި އޮގަސްޓު 15 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ރައީސް އޮފީހުން ކަނޑައަޅައިފިއެވެ.   ޖުލައި 28 ވަނަ ސުވަސް ބަނދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ މުވައްޒަފުންނާއި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާތީކަމަށް ރައީސް އޮފީހުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.   މީގެ އިތުރުން އޮގަސްޓު 15 ވަނަ ދުވަސް ބަންދުކުރަން ނިންމެވީ އަޟްހާ ޢީދާއި ގުޅިގެން ޗުއްޓީގައްޔާއި، އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެ ކަމަށް ލުޔެއް ދެއްވުމުގެ ގޮތުންކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...