އިދިކޮޅު އެމްޑީޕީ އަކީ ދީނާއި ދުރު ފިކުރެއް - ހުސައިން އަފީފު
އިދިކޮޅު އެމްޑީޕީގެ ފިކުރަކީ މާތްވި އިސްލާމްދީނާއި ދުރު ފިކުރެއް ކަމަށް ވިދާޅުވެ މީދޫ ކައުންސިލުގެ ރައީސް އަދި ޕީޕީއެމް ކެމްޕެއިން ޓީމުގެ މެނޭޖަރ އަލްފާޟިލް ޙުސައިން އަފީފު އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.    ފެނަކަ ކޯޕަރޭޝަންގެ މީދޫ ބްރާންޗުން އިސްނަގައިގެން 'އެންމެން އެކަކަށް" މިނަމުގައި ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން އަފީފު ވިދާޅުވީ އިދިކޮޅު އެމްޑީޕީ ޚާއްސަކޮށް ރައީސް ނަޝީދަކީ އިސްލަމްދީނަށް ހެޔޮ އެދޭނެ ބޭފުޅެއް ނޫންކަމަށެވެ. 
އެކަމަށް މިސާލު ޖައްސަވަމުން ވަރަށް ފޯރީގައި ވާހަކަފުޅުދައްކަވަމުން ހުސައިން އަފީފު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި އިސްލާމް ދީނަށް ނިކަމެތިކަން ގެނުވި އެތައްކަމެއްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު އިލްމުވެރިންވެސް އެމްޑީޕީއާއި ދެކޮޅަށް ބަސްވިދާޅުވެފައިވާކަމަށް އަފީފު ވިދާޅުވިއެވެ.   ޕީޕީއެމަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ޖޭމުގޭ ކަންމަތީގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީޕީއެމް ކެމްޕެއިން ޓީމުގެ މެމްބަރ އިބްރާހީމް ސަޢީދު ބުނީ މީދޫގެ ޒުވާނުން ރޮއްވާލާފައި، ފުޓުބޯޅަ ދަނޑު އަޅަން އޮތް ބިމުގައި މިސްކިތް އެޅި ވާހަކަ އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވުމުން ހައިރާންނުވާކަމުގައެވެ. އިބްރާހީމް ސައީދު ފާހަގަކުރިގޮތުގައި އަމީތު އެވާހަކަ ވިދާޅުވި ޖަލްސާގެ ކުރީބަރީގައި އެކަން އެގޮތަށް ކުރެއްވި ކުރީގެ ކައުންސިލްގެ ރައީސް އިންނެވިކަން ހުދު އަމީތުވެސް ހަނދުމަފުޅުނެތް ކަމުގައެވެ.
ރިޔާސީ އިންތިޚާބަށް 3 ދުވަހަށްވެފައިވާއިރު މީދޫގައި ސިޔާސީ ހަރަކާތްތައް މިވަނީ ވަރަށް ފޯރިގަދަވެފައެވެ. އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރު ހިންގާ ޕީޕީއެމް އަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ތަފާތު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...