މަޑުއްވަރީ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލު ކުރަނީ
މަޑުއްވަރީ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމައިފިއެވެ.   މިރޭ މަޑުއްވަރީ ސްކޫލްގައި ބާއްވާ މި ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކައުންސިލް ހިނގާފައިވާގޮތް ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް މަޑުއްވަރީ ކައުންސިލުން ރައްޔިތުންނަށް ދެއްވާފައިވާ ދަޢުވަތުގައި ބުނެފައިވެއެވެ.   މި ބައްދަލުވުން މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދެއްކުމަށްވެސްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.   ފޮޓޯ: މަޑުއްވަރީ ކައުންސިލް ފޭސްބުކް ޕޭޖ
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...