މީދޫ ހޮސްޕިޓަލްގެ ޕްރޮޖެކްޓް އިޢުލާނާއި ހަމައިން ހުއްޓިފައި، މިނިސްޓަރ އަމީން މަޖިލީހަށް ހާޒިރުކުރަނީ!
މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީން ނިންމާ ޑިޒައިން އަދި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރިނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ ހެލްތް މިނިސްޓަރު މުޙައްމަދު އަމީންއާއި ސުވާލުކުރަން މަޖިލިސްއަށް ހުށައަޅައިފިއެވެ.   މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ޑިޒައިން އަދި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. މިކަމަށް އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަނޑިއެއްގެ ގޮތުން މިނިސްޓްރީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށެވެ.   މި އިޢުލާން ކުރިތާ 4 މަސް ވާން ގާތްވެފައިވާއިރު އަދިވެސް މި މަސައްކަތް އެއްވެސް ފަރާތަކާއި ހަވާލުކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މީގެ ފަހުން އިޢުލާންކުރި ބައެއް ހޮސްޕިޓަލްތަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އެކި ކުންފުނިތަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.   މި މައްސަލައިގައި މިނިސްޓަރު އަމީންއާއި ސުވާލުކުރުމަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އެގޮތުން މެމްބަރު ސުވާލުކުރުމަށް ނިންމާފައިވަނީ މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ބެހޭގޮތުންނާއި މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ސެކިއުއަރ ކުރެވިފައިވޭތޯއާއި ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތް ދޭން ފެށޭނެ އަހަރާކާއި ބެހޭގޮތުންނެވެ.   މަޖިލީހުގެ އުސޫލިތަކުގައިވާ ގޮތުން މިނިސްޓަރަކަށް ސުވާލުކުރުމަށް ހުށައެޅުމުން އެ މިނިސްޓަރަކަށް 14 ދުވަހުގެ ނޯޓިސްއެއް ދެވޭނެއެވެ.   މީދޫ ހޮސްޕިޓަލްގެ މަޝްރޫޢުއަކީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ހެލްތް މިނިސްޓަރު އަމީންވެސް މީދޫއަށް ވަޑައިގެން ވަރަށް ބޮޑަށް ދެއްކެވި ވާހަކަފުޅެކެވެ. އޭރު މިނިސްޓަރު އަމީން މީދޫއަށް ވަޑައިގެންފައިވަނީ ކޮއްކޯފުޅު އަދި ކުރީގެ މެމްބަރު މުހައްމަދު އަމީތުގެ ކެމްޕެއިނަށެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-07-18 09:32:43
ކުރިއަށް ކަނޑާނެ ހަމަޖެހީ، ދެންހުރި ކަންތައްތައް ވެސް ހުރީ ކޮށްދީފައެއްނު.
އެންމެ މަގުބޫލު: 7 ދުވަސް

...