'ފެހިނަލަ މީދޫ' ޕްރޮގުރާމްގެ ތެރެއިން ދިގަލި ރިޒޯޓުން ބަނދަރު މަގުގައި ގަސް އިންދައިފި
މީދޫ ކައުންސިލުން އިސްނަގައިގެން ސާފު ފެހި މީދޫއަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ 'ފެހިނަލަ މީދޫ' ޕްރޮގުރާމުގެ ތެރެއިން ދިގަލި ރިޒޯޓުން ބައިވެރިވެ މީދޫގެ ބަނދަރު މަގުގައި ގަސް އިންދައިފިއެވެ.   އިއްޔެ ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި ޖެޓީ މަގުގައި ހަދާފައިވާ ހުރިހާ ގަސްވަޅުތަކެއްގައިވެސްވަނީ ގަސް ޖަހާފައެވެ. މި ޕްރޮގުރާމުގައި ދިގަލި ރިޒޯޓުގެ 30 ވަރަކަށް މުވައްޒަފުންނާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގާލް ގައިޑުންވެސް ބައިވެރިވެފައިވެއެވެ.   މީގެ ކުރިން ފުރަވެރި ރިޒޯޓުގެ އެހީތެރިކަމާއިއެކު ކަލޭފާނު މަގުގައިވެސްވަނީ ގަސް އިންދާފައެވެ. މީދޫގެ މަގުތަކުގައި އިންދުމަށް ކައުންސިލުން ނިންމާފައިވަނީ ބަގީޗާ ގަހެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...