ލިޓަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތައް ހަވާސް ސްޕޯޓްސް ކުލަބާއި ގާގާނޑު އެފް.ސީން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗު ހަވާސްއިން ކާމިޔާބުކުރީ ޒެފްރޯސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާޖިޙް މުޙައްމަދު (ނެޓޯ)އެވެ. މި މޮޅާއެކު ހަވާސްއިން ވަނީ ހަ ޕޮއިންޓާއެކު ގުރޫޕު އޭގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
ރޭ ކުޅުނު ދެވަނަ މެޗު ގާގަނޑު އެފް.ސީން ކާމިޔާބުކުރީ ލިންކޭޖުގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގާގަނޑު އެފް.ސީގެ އިރުފާންއެވެ. މި މޮޅާއެކު ހަތަރު ޕޮއިންޓާއެކު ގާގަނޑުންވަނީ ވަގުތީ ގޮތުން ގުރޫޕުގެ އެއް ވަނައަށް އަރާފައެވެ.
މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަކުރާނީ ގުރޫޕު އޭގެ ދެ ޓީމުކަމަށްވާ ގޯޅިގަނޑު އަދި އެފްސީ ޔުނައިޓެޑް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕު ބީގެ ތަންގަނޑު އެފް.ސީ އަދި ގޮށްރާޅު އެސް.ސީއެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.