ޕްރައިމަރީ ގްރޭޑުތަކަށް ބޭރު ޓީޗަރުން ކިޔަވައިދިނުމަކީ ޤައުމީ މަންހަޖުގެ ފަލްސަފާއާއި ނުގުޅޭކަމެއް – އާދަމް ޝަރީފް
 ޕްރައިމަރީ ގްރޭޑުތަކަށް ބޭރު ޓީޗަރުން ކިޔަވައިދިނުމަކީ ޤައުމީ މަންހަޖުގެ ފަލްސަފާއާއި ނުގުޅޭކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.   މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ޕްރައިމަރީ ގުރޭޑުތަކަކީ ކުދިންގެ ކިބައިގައި ދިވެހި އިސްލާމީ އަށެގެންނެވުމަށް އެންމެ މުހިއްމު މަރުހަލާކަމަށެވެ.   މީގެ އިތުރުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ދިވެހި ޓީޗަރުން ލިބިގެންދާނެކަމަށާއި ޓީޗަރުންގެ އަގުވަޒަންކުރުމަށްވެސް މެމްބަރު އާދަމް ޝަރީފްވަނީ ގޮވާލައްވާފައެވެ. މެމްބަރު އާދަމް ޝަރީފަކީ ގިނަ ދުވަސްތަކެއްވަންދެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...