މީދޫ ޞިއްޙީ މަރުކަޒުން އެންބިއުލާންސް ދަތުރު ތަކަށް ފީއެއް ނަގަނީ!
ރ. މީދޫ ޞީއްޙީ މަރުކަޒުން އެންބިއުލާންސް ދަތުރު ތަކަށް ކުރިން ނަގަމުން އައި 20 ރުފިޔާގެ ބަދަލުގައި 25 ރުފިޔާގެ ފީއެއް ނަގަން ފަށައިފިއެވެ.
މީދޫ ޞިއްޙީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން މި ފީ އަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުން ކުރާ އެއްގަމު އުޅަނދު ފަހަރާއި ގުޅޭ ގޮތުން ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލައިފާ އުޞޫލުގެ ދަށުން ނަގާ ފީ އެކެވެ.
އެ އިޢުލާނުގައި ވާ ގޮތުން  މި ފީ ދައްކަވަން ޖެހޭނީ ދަތުރު ނިމުމަށް ފަހު މަރުކަޒުގެ ކައުންޓަރަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...