ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ ގުޅިގެން ބާއްވާ ބަށި ޗެލެންޖުގެ ފުރަތަމަ މެޗުގައި ޑެއިޒީ އަދި ރޯޝަނީ ސްޓަރ
މާޅޮސްމަޑުލުއުތުރުބުރީ މީދޫ ކައުންސިލާއި މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގުޅިގެން ކުރިއަށްގެންދާ "ކައުންސިލް ބަށި ޗެލެންޖް 2019' ގުރުއަތުލުން ރޭ ބާއްވައިފިއެވެ.   ރޭ، މީދޫ އަންހެނުންގެ އިޖްުތިމާއީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ގުރު ނެންގެވީ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވޭތވެދިޔަ ދައުރުގެ ރައީސާ ޒުލްފާ އަފީފެވެ.   މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޑެއިޒީ އަދި ރޯޝަނީ ސްޓަރއެވެ. ދެވަނަމެޗުގައި ހޮނިހޮރު ދުވަހު ޑެއިޒީ އަދި ރިލެކްސް ވާދަކުކރާއިރު އާދިއްތަދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޯޝަނީ ސްޓަރ އަދި ރިލެކްސްއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 16 ވާ އަންގާރަދުވަހުގެ ހަވީރެވެ.   މީދޫ ކައުންސިލުގެ ނައިބު ރައީސް ނާޖިހު ޖަމީލް މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިމުބާރާތަކީ ދިވެހީންގެ ސަގާފީ ކުޅިވަރު ދިރުވާ އާލާކޮށް ދުޅަހެޔޮ ސިއްހަތާއި ކުޅިވަރަށް ލޯަބި ޖެއްސުމުގެ އިތުރުން އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ.   މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މެޗުތައް ފަށާ ގަޑިއަކީ ހަވީރު 4:15އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...