އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި
މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސްކޮށްފިއެވެ.   އެ އޭޖެންސީއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ފާއިތުވެދިޔަ މަސްތަކާ ބަލާއިރު މިދުވަސްވަރު އިންފުލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަރިދަފުސް ރޯގާއާއި އިންފުލުއެންޒާފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށްވާތީ، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިންވަނީ ގޮވާލާފައެވެ.   މިގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް އެޅުމާއި ރޯގާޖެހި ކެއްސާނަމަ، އޮފީސް، ސްކޫލުފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމުގެ އިތުރުން ހުންއައިސް ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ބޭނުންނުކުރުމަށްވެސް އެޗެޕީއޭއިން އިލްތިމާސްކުރައްވައެވެ.   ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖޭގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ އިތުރވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފޮޓޯ: ދައެޑިޝަން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...