"ހުޅުދުއްފާރު ބޮޑުމަގުގައި ހުރި ރުއް ކަނޑަނީ އަލުން ރުއް އިންދާގޮތަށް"
ރ. ހުޅުދުއްފާރުގެ މަގުހެދުމަށް ރުއްގަސް ނަގަން ނިންމި މައްސަލަމިވަނީ މި ދެތިންދުވަހު މީސްމީޑިޔާގައި ފޯޜިހިފާލާފައެވެ.   އެރަށުގެ ބައެއް ޒުވާނުން މީީސްމީޑިޔާގއި ހާމަކޮށްފައިވާގޮތުން ދޭހަވީ ހުޅުދުއްފާރުގެ މަގުހެދުމަށްޓަކައި އެރަށުގެ މަޝްހޫރު ބޮޑު މަގުގެ ދެފަރާތުގައި ހައްދާފައިވާ ރުށްތައް ނަގައިގެން މަގުހެދުމަށް ނިންމާފައިވާކަމަށެވެ.   ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ހުޅުދުއްފާރުގެ މަގުތައް ރަނގަޅު ފެންވަރެެއްގައި ހެދުމަށް އެރަށުން 600އަށްވުރެ ގިނަ ރުށް ނެގުމަށް ކައުންސިލުން ނިންމިއެވެ. އަދި ހުޅުދުއްފާރު ކައުންސިލުގެ ރައީސްއާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިގޮތަށް ނިންމީ އެރަށު ރައްޔިތުންނަށް ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ނެގި ރައްޔިތުންގެ ވޯޓަކުންކަމަށެވެ.   ހުދުއްފާރުގެ 40 މީހުން ބައިވެރިވިކަމަށްބުނާ މިބައްދަލުވުމުގައި ބައިވެރި ފަރާތަކުން މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން ބުނީ ރައްޔިތުންގެ އެ ބައްދަލުވުމުގައި ނިންމީ އެރަށުގައި މިހާރު އިންދާފައިވާ ރުށްތައް މަގު ހަދާއިރު އެ ރުށްތައް ނަގާ، އަދި މަގު ހެދުމަށްފަހު އަލުން އައު ރުށްގަސް އެމަގުގައި އިންދުމަށްކަމަށެވެ.   ބައްދަލުވުމުގައި ބައިވެރިވި ހުޅުދުއްފާރުގެ އެހެން ޒުވާނަކު މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދެކަމަކަށްކަމަށާއު އެއްކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެނަްވަރަކަށް ހަދާނެގޮތެއް  ނިންމުކަމަށެވެ. އެގޮތުން ބައްދަލުވުމަށް ހާޒިރުވި ރައްޔިތުންގެ ވޯޓުން ނިންމީ މަގުތައް ތާރު އަޅައިގެން ހެދުމަށް ކަމަށެވެ. އަދި ދެވަނައަށް މަޝްވަރާކުރެވުނީ ރުއްތައް ބަހައްޓައިގެން މަގު ހަދާނީތޯ ނުވަތަ ރުއްތައް ނަގާފަ މަގު ހަދާފަ ފަހުން ރުއްގަސް އިންދާނީތޯކަމަށެވެ. އެކަމަށް މަޝްވަރާކުރުމަށްފަހު ވޯޓަކުން ނިންމީ ރުއްތައް ނެގުމަށްފަހު ރަށުގެ އެހެން ސަރަހައްދެއްގައި އެ ރުއްތައް އިންދުމަށްފަހު މަގު ހަދާ ނިމުމުން ފަހުން މަގުގައި ރުއް އިންދަންކަމަށެވެ.   އެހެންކަމުން ރުއްތައް ނަގާކަމަށް މީސްމީޑިޔާގައި ދެކެވޭ ވާހަކައިގައި ބައެއް ވާހަކަ މަދުކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...