މެމްބަރު އާދަމް ޝަރީފު ލުތުފީއާއެކު ކޮފީ ބޯން އިންނެވި ވާހަކައަކީ ދޮގެއް!
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 14ވަނަ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ވާހަކަފުޅު ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު، ހ. ހާޖަރާގޭ ޢބްދުﷲ ލުޠުފީއާއެކު ސްރީލަންކާގައި ކޮފީބައްލަވަން އިންނެވިކަމަށް ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއްކަމަށް މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.   މިކަމާ ގުޅޭގޮތުން މެމްބަރު އާދަމް ޝަރީފު ފޭސްބުކްގައި އާންމިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ހައްދަވާފައިވަނީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ. "ކުއްލި މައްސަލައެއް ހުށައެޅީމާ ހަޖަމެއް ނުކުރެވުނު. ހީވީ ދަތްދޮޅި ދުއްވާލަފާނެހެން." މެމްބަރު އާދަމް ޝަރީފު ވިދާޅުވިއެވެ.   މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން އުއްމީދުކުރާފަދަ ތަހުޒީބު ތަނަކަށް މަޖިލިސް ހަދަން ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށާއި މިހާރު މިވާވަރުވެސްވަނީ "ޓީޗަރ" ރަނގަޅުކަމުންކަމަށެވެ. އެމަނިކުފާނު ޓީޗަރ އޭ މުޚާތަބުކުރެއްވީ ކޮންބޭފުޅަކަށްކަމެއް ސާފެއްނުވެއެވެ.   އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ލަންކާގެ ކެފޭއެއްގައި ލުތުފީއާއެކު އާދަމް ޝަރީފު ކޮފީއެއްގައި އިންނެވިކަމަށެވެ.   މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ވެއްދި ކުއްލި މައްސަލައިގައި ބުނެފައިވަނީ ލުތުފީގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަނީ ވަރަށް ޒިންމާދާރުކަންކުޑަ ގޮތަކަށްކަމަށާއި ކަމުގެ ހަޤީޤަތް ހާމަކުރުމުގެ ބަދަލުގައި ފުލުހުންވެސް ޒިންމާއިން ރެކެން އުޅޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...