ދުއްވަމުން ސިނގިރެޓު ބޮވެ، ފޯނުން ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނެ - ފުލުހުން
އުޅަނދުފަހަރު ދުއްވަމުން ދުންފަތުގެ އިސްތިޢުމާލުކޮށް ފޯނުން ވާހަކަދައްކާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.   ފުލުހުން މައުލޫމާތުދީފައިވާގޮތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ޤަވައިދުގައި މަނާކޮށްފައިވާ މިކަންތައް މިހާރު އާންމުވެފައިވާކަމަށާއި  މިކަންކަން ހުއްޓުވުމަށް ފުލުހުން ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެކަމަށެވެ.   އެއްގަމު އުޅަނދުގެ ޤަވާއިދުގައިވާގޮތުން އެއްގަމު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިޢުމާލުކުރާނަމަ ނުވަތަ ފޯނު ބޭނުންކުރާނަމަ 750 ރުފިޔާއިން ޖުރިމަނާކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...