ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައިފިއެވެ.   އެމަނިކުފާނު މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ގްރޭންޑް ހަޔަޓް ހޮޓަލުގައި ބޭއްވި މި ބައްދަލުވުމުގައި ދިވެހި ޢާއިލާތަކާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް، ދެ ޤައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމަށެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.   ސިންގަޕޫރުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަކީ ވެސް، ރާއްޖޭގެ ކުރިމަގުގެ ތަރައްޤީއާ ގުޅިފައިވާ އުންމީދީ ޒުވާނުންތަކެއްކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ޤައުމުން ބޭރުގައި ތަޢުލީމް ޙާޞިލްކުރިޔަސް، އެކުދިންގެ ވެސް ޙަޤީޤީ އަމާޒަކަށްވާންޖެހޭނީ ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުންކަމަށެވެ. މީގެއިތުރުން ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކަށް ކޮންމެހެން އެމްބަސީ ދުރުވަންޖެހޭ ޚިދުމަތްތައް ފިޔަވައި ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނޭ އިންތިޒާމް  މިހާރު ހަމަޖެހިފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.     މި ބައްދަލުވުމުގައި ސިްގަޕޫރުގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...