މީދޫ ކައުންސިލުން ބަށި މުބާރާތެއް ބާއްވަނީ
ރ. މީދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން "ކައުންސިލް ބަށި ޗެލެންޖް 2019"ގެ ނަމުގައި ބަށި މުބާރާތެއް ބާއްވަން މީދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.    މީދޫ ކައުންސިލާއި މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހގެ 11ވާ ބުރާސްފަތި ދުވަހުކަމަށް އެކައުންސިލުން ހާމަކުރައްވައެވެ.    މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މީދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެކަމަށްވެސް ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ކަމަށް މީދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ.   މީދޫ ކައުންސިލުންވަނީ މިދިޔަ އަހަރު ފިރިހެނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...