އެމް.އީ.ސީ ފުޓްސަލް ފިއެސްޓާ 2019 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
މީދޫ އެކުވެރި ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެމް.އީ.ސީ ފުޓުސަލް ފިއެސްޓާގެ މިއަހަރުގެ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   މި އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ، އެކުވެރި ކުލަބުން މަޢުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކަށް ޖާގަ ދޭ ގޮތަށް ހަމަޖެހިފައިވާއިރު ރަޖިސްޓްރީ ފީގެ ގޮތުގައި ކޮންމެ ޓީމަކުންވެސް 1000 ރުފިޔާ ދައްކަން ޖެހެއެވެ.   މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 'އެމް.އީ.ސީ ފުޓުސަލް ފިއެސްޓާ' ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ތަންގަނޑު އެފް.ސީއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...