އެމް.ޖޭ.އެސް ނެޓުބޯލް ޗެލެންޖު 2019 ގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫން އާއިހަމައަށް!
މީދޫ ޖަމުޢިއްޔަތުއް ޞަލާހުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޖޭ.އެސް ނެޓުބޯލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ޖަމުޢިއްޔާއިން ހިންގަމުން އަންނަ ބްލޫ ވޭވްސް ގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް މަޢުލޫމާތުދެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 10:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުވެސް ހުށައަޅަން ޖެހޭނީ ބްލޫވޭވްސްގެ ކައުންޓަރަށެވެ.   ޖަމުޢިއްޔަތުއް ޞަލާހަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ފާހަގަކުރަމުން 'އުޖާލާ 40' ގެ ދަށުން މިއަހަރު އެ ޖަމުޢިއްޔާއިން އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...