ކޮންމެ ވޯޓު ކަރުދާހެއް ގުނާނީ ދައްކަމުން، ޓެބްލެޓަށް އަޅާނީ މަރުކަޒުގައި އިއުލާނުކުރުމަށްފަހު - އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބުގައި ވޯޓު ގުނާ މަރުކަޒުތަކުގައި ވޯޓު ގުނާނީ ކޮންމެ ވޯޓު ކަރުދާސްކޮޅެއްވެސް މޮނީޓަރުންނާއި އޮބްޒާވަރުންނަށް ދެއްކުމަށްފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.   އިންތިޚާބާއި ބެހޭ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ މޮނީޓަރުންގެ ޓްރެއިނިންގގައި މައުލާުމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ ވޯޓު ގުނާއިރު ހުރިހާ ކަރުދާސްކޮޅެއް ދައްކާނެ ކަމަށާއި އަދި ޓެބްލެޓަށް ނަތީޖާ އަޅާނީ އެމަރުކަޒެއްގައި ނަތީޖާ އިއުލާނުކުރުމަށްފަހު ކަމަށެވެ.    މީގެ އިތުރުން ވޯޓުލާދުވަހުގެ 7 ޖެހުމުގެ ކުރިން އިލެކްޝަންސް އޮފިޝަލުން ވޯޓުލާ މަރުކަޒުތަކަށް ދާނެކަމަށާއި 7:15ގައި ސެކިޔުރިޓީ އުރަތައް ކަނޑާނެކަމަށް އެކޮމިޝަނުން ހާމަކުރިއެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް ވޯޓުލާން ފަށާނީ ހެނދުނު 8 ޖަހާއިރު، ވޯޓުލާން އަންނަ ދެމީހެއްގެ ހާޟިރުގައިކަމަށް އެކޮމިޝަނުން ހާމަކުރިއެވެ. 
މިއަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމުގައި މީދޫ ޓައިމްސްވެސް ހަރަކާތްތެރިވާނެއެވެ. އަދި މި އިންތިޚާބާއިގުޅޭ މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުމަށް މީދޫ ޓައިމްސްއިން އަންނަނީ ތައްޔާރުވަމުންނެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...