ރ. މީދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ރ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން  23 ޖޫން ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީދޫން މީހަކު ހައްޔަރުކޮށްފިއެވެ.   ޕޮލިސް މީޑިޔާއިން މަޢުލޫމާތުދޭ ގޮތުގައި ރޭ 22:30  ހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީދޫގެ މަގެއް މަތިން މި މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.   މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ޕޮލިސް މިޑިޔާއިން މަޢުލޫމާތުދެއެވެ.   މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ހަފްތާގެ ތެރޭގައި ރ. މީދޫ ޕޮލިސް ސްޓޭޝަނުންވަނީ ރިޒޯޓަކުންވެސް މަސްތުވާތަކެއްޗާއިއެކު ޒުވާނަކު ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...