މަސްތުވާތަކެއްޗާއެކު ރ. އަތޮޅުގެ ރިސޯޓަކުން ޒުވާނަކު ހައްޔަރުކޮށްފި
ރ. މީދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރ. އަތޮޅުގެ ރިސޯޓަކުން މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.   ފުލުހުންގެ މީޑިޔާއިން މައުލޫމާތުދެއްވިގޮތުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެކެވެ. މި އޮޕަރޭޝަން ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.    މިމައްސަލައިގައި ހައްޔަރުކުރި މީހާ އެ ރިސޯތުގައި ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހުރި 164 ސެލޯފިންކޮޅު ފެނިފައިވާކަމަށް  ފުލުހުން މައުލޫމާތުދެއްވައެވެ.   މިމީހާގެ ބަންދަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުޤީޤުކުރަމުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

2019-06-23 20:10:04
މީދޫ މީހާ
ރ. މީދޫ ފުލުހުން ތިޔަ ކޮށްދެއްވާ އަގު ހުރި މަސައްކަތް ހިތުގެ އަޑިން ބަލައިގަންނަން.
އެންމެ މަގުބޫލު: 7 ދުވަސް

...