ހޭރިޔާ ގެ މަދަޙަ " މަސްތު " ރިލީޒްކޮށްފި
ރ. މީދޫ ހޭރިޔާ ގުރޫޕުން، އަމިއްލަ ރާގަކަށް އުފައްދާފައިވާ ވީޑިޔޯ މަދަޙަ " މަސްތު " ރިލީޒްކޮށްފިއެވެ. ބަރަކާތްތެރި ރަމަޟާންމަހާއި އަދި އުފާވެރި ފިތުރު ޢީދާއި ދިމާކޮށް އުފެއްދި މި މަދަޙައިގެ މަޤްޞަދަކީ  ޒުވާނުންގެމެދުގައި ދީނީ ރޫޙް އަށަގަންނުވައި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.    މި މަދަޙައާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން، ހޭރިޔާ ގުރޫޕްގެ ފަރާތުން މަމްދޫޙް ޖަމާލު ހާމަކުރެއްވިގޮތުގައި މަދަޙަ ބިނާކުރެވިފައިވަނީ މަގުއޮޅެމުންދާ ޒުވާނަކު އިޞްލާޙްވެ ތަޢުބާގެ މަގު ޚިޔާރުކުރާގޮތުގެ މައްޗަށެވެ.   " މިއީ ޒުވާނުންނަށް ވަރަށް ޢިބްރަތްތެރި މެސެޖެއްދޭނެ މަދަޙައެއް. ޚާއްޞަކޮށް އަޅުގަނޑުމެން މިމަދަޙަ އަމާޒުކޮށްފައިވާނީ ސީދާ ޒުވާނުންނަށް. މީގެ ސަބަބުން މި މުޖުތަމަޢުއަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައުން އަޅުގަނޑުމެންގެ އުއްމީދަކީ." މި މަދަޙައިން ޒުވާނުންނަށް ޢިބްރަތްތެރި މެސެޖެއް ލިބިގެންދާނެކަމުގައި މަމްދޫޙް ފާހަގަކުރެއްވިއެވެ.   " އަޅުގަނޑުމެން އެންމެ ފަޚްރުވެރިވާކަމަކީ  މިއީ ސަތޭކަ ޕަސެންޓް ރ.މީދޫގެ އުފެއްދުމަކަށްވީކަން. މިގޮތުން ހުރިހާ މަންޒަރުތަކެއްވެސް ނަގާފައިވާނީ މީދޫގަ. މިއީ މީދޫގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ހިތްހަމަޖެހުމެއްކަމުގަ ދެކެނީ. މިކަމުގަ އެހީތެރިކަންދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. ވަކީން ޚާއްޞަކޮށް ރ.މީދޫ ޕޮލިސް ސްޓޭޝަން، މީދޫ ޞިއްޙީ މަރުކަޒުގެ އިތުރުން މަދަޙައިގެ މަންޒަރުތައް ނަގާފައިވާ ގެސްޓްހައުސްތަކުގެ ވެރިފަރާތްތަކަށް ޝުކުރު އަދާކޮށްލަން. " އަޙްމަދު އިޝާމްގެ އަޑުން ހުށަހަޅާދީފައިވާ މި މަދަޙައިގެ ރާގު އުފައްދާފައިވަނީ އާތިފް ރަޝީދެވެ.    މަދަހައިގެ ރެކޯޑިންގ ހަދާފައިވަނީ ބަޒީ ރެކޯޑިންގެފަރާތުން އަރުޝަދު ސަޢީދެވެ. ސިނަމޮޓޮގްރަފީ އަދި ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ ހޭރިޔާގެ މެނޭޖަރު ނާޝިތު ރަޝީދާއި ސާމީ ސަޢީދުގެ އިތުރުން ޢައްޒާމް ރަފީޢު އެވެ.  މި މަދަޙަ މިހާރުވަނީ ހޭރިޔާގެ ފޭސްބުކް ޕޭޖްގައި ޢާޢްމުކުރެވިފައެވެ. އަދި ލަވަފޮށިން އަޑުއަހާލެވޭނެ ކަމަށްވެސް އެ ގުރޫޕްގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.    
ކިޔުންތެރިންގެ ހިޔާލް

2019-06-16 04:36:33
މީދުއްޕަރު ރާ-ކޮމެޓީ
ހަމަ ހަގީގަތައް ވެސް މަސްތު ވެފަ މިހާރު ތިބޭނީ
އެންމެ މަގުބޫލު: 7 ދުވަސް

...