ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންގެ ރޯދަވީއްލުމެއް ބާއްވައިފި.
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންގެ ޘަގާފީ ރޯދަ ވީއްލުމެއް އިއްޔެ ބާއްވައިފިއެވެ.     ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އިއްޔެ ބޭއްވި ރޯދަވީއްލުމަކީ ދަރިވަރުންނަށް އިސްލާމީ ރިވެތި އާދަތަކުގެ ތެރޭގައި ހިމެނޭ، އެކަކު އަނެކަކާ ބައްދަލުވާހިނދު ސަލާމްކުރުމުގެ ރީތި އާދައާއި އެއްކުއްޖެއްގެ ފަރާތުން އެހެން ކުއްޖަކަށް ރޯދަވިއްލުމެއްދިނުމުގެ މަތިވެރިކަމާއި އޭގެ ފައިދާތައް ކުދިންނަށް އަންގައިދިނުމުގެ މަޤސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ އަބްދުލް ޣަފޫރު އިސްމާޢީލް ވިދާޅުވިއެވެ   އިއްޔެގެ ރޯދަވިއްލުމުގައި މަރުކަޒުގެ 70އަށްވުރެ ގިނަ ދަރިވަރުންނާއި 50އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިކަމަށްވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.     މީގެއިތުރުން މި ހަރަކާތަކީ ރ. އަތޮޅު ތައުލީމީ މަރުކަޒާއި އުއްމީދު ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށާއި މިކަމުގައި އުއްމީދު ޖަމިއްޔާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށްވެސް ޢަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ.   މިއީ މިފަދަ ގޮތަކަށް ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުންގެ ރޯދަ ވިއްލުމެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...