މުބާރާތުގެ ޗެމްޕިއަންކަން ދިގަލި މޯލްޑިވްސް ހޯދައިފި!
އެމް.ޖޭ.އެސް ރާބަދި ޗެލެންޖުގެ ޗެމްޕިއަންކަން ދިގަލި މޯލްޑިވްސް ހޯދައިފިއެވެ.   ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ދިގަލި ކާމިޔާބުކުރީ މީދުއްޕަރާއި ވާދަކޮށް 4 – 3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިގަލި މޯލްޑިވްސްގެ ތިން ގޯލް އަޙްމަދު އާސިފް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހާޝިމް ސަފީއުއެވެ. މީދުއްޕަރުގެ ދެ ގޯލް އަބުދުލް މުހައިމިން އަދި ނާޖިހު މުޙައްމަދު ކާމިޔާބުކޮށްދިންއިރު އަނެއް ގޯލައަކީ ދިގަލީ ޝައްމޫން އިލްޔާސް އަތުން ބައިކޮޅަށް ވަން ގޯލައެކެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިގަލި މޯލްޑިވްސްގެ އަޙްމަދު އާސިފެވެ.   މެޗަށްފަހު މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންވަނީ އިއުލާންކޮށްފައެވެ.   މުބާރާތުގެ ގަދަ 5: އަބުދުﷲ ރަޝީދު ( މީދުއްޕަރު) އައިހަމް މުހައްމަދު ( މީދުއްޕަރު) ނާޖިހު މުހައްމަދު ( މީދުއްޕަރު) އަޙްމަދު އާސިފް ( ދިގަލި މޯލްޑިވްސް ) ޝައްމޫން އިލްޔާސް ( ދިގަލި މޯލްޑިވްސް )   މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ދިގަލި މޯލްޑިވްސްގެ އަޙްމަދު އާސިފެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ދިގަލި މޯލްޑިވްސްގެ އަޙްމަދު އާސިފެވެ.   މި މުބާރާތުގެ މީޑީއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެމް.ޓީގެ ފޭސްބުކް ޕޭޖުންވަނީ ލައިވްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...