ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ރ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު19 އިން22 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ބާއްވާނެ ރަށެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ29 ވަނަ ދުވަހުގެ14:00 އާއި ހަމައަށްށެވެ. އަތޮޅު ޤުރުއާން މުބާރާތަކީ މީގެ ކުރިން ވަރަށް ގަދައަށް އަތޮޅުގެ ރަށްތަކުން ތައްޔާރުވާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.