ސީރިޔާ އަދި ޢާޒާގެ މުސްލިމުންނަށް އެހީވުމަށް ޑޫޒިއަންސް ފައުންޑޭޝަނުން ބާއްވާ ފަންޑުރައިޒިންގ އިވެންޓު މިއަދު ހަވީރު!
ދަތިޙާލުގައި ދިރިއުޅެމުންދާ ސީރިޔާ އަދި ޢާޒާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ޑޫޒިއަންސް ފައުންޑޭޝަނުން މިއަދު ހަވީރު މީދޫގައި ހާއްސަ ފައިންޑުރައިޒިން އިވެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.   މިއަދު ހަވީރު 4:30 ގައި އުއްމީދު އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ ޑޯޓުޑޯ ފަންޑުރައިޒިންގ އިވެންޓެއްކަމަށް ޑޫޒިއަންސް ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ގުޅިގެން ކުރިއަށް ގެންދާ މި ފަންޑުރެއިޒިންގ އިވެންޓުގައި މީދޫގެ ކޮންމެ ގެއަކަށްވެސް ޓީމުތަކުން ޒިޔާރަތްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.   ސީރިޔާ އަދި ޢާޒާގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް ޑޫޒިއަންސް ފައުންޑޭޝަނުންވަނީ އައިއޭސީއާއިއެކު އެއްބަސްވުމެއް ހަދާފައެވެ. މިއަދު ހަވީރުގެ ފަންޑުރައިޒިންގ އިވެންޓުގައި ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެދެއްވުމަށް އެ ފައުންޑޭޝަނުން އެދިލައްވައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...