ފައިނަލްގައި މީދުއްޕަރު އަދި ދިގަލީގެ ކުރިމަތިލުމެއް!
މުބާރާތުގެ ފައިނަލަށް މީދުއްޕަރު އަދި ދިގަލި މޯލްޑިވްސް ދަތުރުކޮށްފިއެވެ.   ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފުރަތަމަ ސެމީފައިނަލް މެޗުގައި ބައްދަލުކުރީ މީދުއްޕަރު އަދި ކާޕެޑިއަމްއެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗު 4 - 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މީދުއްޕަރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މީދުއްޕަރުގެ އައިހަމް މުޙައްމަދު ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މީދުއްޕަރުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ނާޖިހު މުހައްމަދު އަދި މުހައިމުނެވެ. ކާޕެޑިއަމްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު މުޙައްމަދެވެ.   ސެމީފައިނަލް ދެވަނަ މެޗު ދިގަލި މޯލްޑިވްސް އަދި ކުޑަފުށި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3 - 2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ދިގަލި މޯލްޑިވްސްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4 - 4 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ދިގަލި މޯލްޑިވްސް އިން ޖެހި ތިން ޕެނަލްޓީވަނީ ވަނީ ކާމިޔާބޮކޮށްފައެވެ. ކުޑަފުށިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީވަނީ ދިގަލީގެ ކީޕަރ ދިފާއުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިގަލި މޯލްޑިވްސްގެ ޝައްމޫން އިލްޔާސްއެވެ.   މީދުއްޕަރު އަދި ދިގަލި މޯލްޑިވްސް ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 18 މެއި 2019 ވާ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި މީދޫ ފުޓްސަލް ދަނޑުގައެވެ.   މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މީދޫ ޓައިމްސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...