މީދޫ އެކުވެރި ކުލަބުގެ 16 ވަނަ ޤުރުއާން މުބާރާތް ފަށައިފި
މީދޫ އެކުވެރި ކުލަބުގެ 16 ވަނަ ޤުރުއާން މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.   ކޮންމެ އަހަރެއްގެ ރަމަޟާން މަހަކުވެސް އެ ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 190 ބައިވެރިން ބައިވެރިވެފައިވާކަމަށް މީދޫ އެކުވެރި ކުލަބުން މަޢުލޫމާތުދެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 107 ބައިވެރިން އަދި ހިތުން ކިޔެވުމުގެ ގޮފީގައި 83 ބައިވެރިންނެވެ.
ޤުރުއާން މުބާރާތަށް ސްޓޭޖް ތައްޔާރުކޮށްފައި | ފޮޓޯ: އެކުވެރި ކުލަބު
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ އެ ފޮތަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުވުންކަމަށް މީދޫ އެކުވެރި ކުލަބުން މައުލޫމާތުދެއެވެ.   މި މުބާރާތުގެ ކިޔެވުން ހޮނިހިރު ދުވަހުގެ ހެނދުނާއި ހަމައަށް އެކުވެރި ކުލަބުގެ ހޯލުގައި ކުރިއަށްދާނެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...