ދިގަލި މޯލްޑިވްސް، ކާޕެޑިއަމް، މީދުއްޕަރު އަދި ކުޑަފުށި ސެމީ ފައިނަލަށް!
މުބާރާތުގެ ސެމީ ފައިނަލަށް ދިގަލި މޯލްޑިވްސް، ކާޕެޑިއެމް، މީދުއްޕަރު އަދި ކުޑަފުށި ދަތުރުކޮށްފިއެވެ.   ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ގުރޫޕް އޭގެ ފަހު މެޗުގައި ބައްދަލުކުރި ރީތިފަރު އަދި ކާޕެޑިއަމް އެވެ. މި މެޗު 3 - 0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކާޕެޑިއަމްއެވެ. މި މެޗުގައި އެ ޓީމްގެ ތިން ގޯލްވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ހަސަންއެވެ. މި މޮޅާއިއެކު ކާޕެޑިއަމް ވަނީ ގުރޫޕްގެ ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. ގުރޫޕް އޭ ގެ އެއްވަނަ ޓީމަކީ ދިގަލި މޯލްޑިވްސްއެވެ.   ރޭ ކުޅެވުނު ފަހު މެޗުގައި ބައްދަލުކުރީ މީދުއްޕަރު އަދި ފުރަވެރިއެވެ. މި މެޗު ފަސޭހަކަމާއި އެކު 8 - 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މީދުއްޕަރެވެ. މި މެޗުގައި މީދުއްޕަރުގެ 3 ގޯލް ނާޖިހު މުޙައްމަދު ކާމިޔާބުކުރިއިރު އައިހަމް އަދި މުހައިމިން ކޮންމެ ކުޅުންތެރިއެއްވަނީ 2 ގޯލް ކާމިޔާބުކޮށްދީފައެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ފަރުހާނެވެ. ފުރަވެރީގެ 2 ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ނީޝާދު އަދި މުޙައްމަދު ހިޝާމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދުއްޕަރުގެ ނާޖިހު މުޙައްމަދެވެ. މި މެޗާއިއެކު ގުރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި މީދުއްޕަރު އަދި ދެވަނައިގެ ގޮތުގައި ކުޑަފުށި ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.   މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 16 މެއި ވާ ބުރާސްފަތި ދުވަހުގެ ރެއެވެ. ފުރަތަމަ ސެމީގައި 22:00 ގައި ބައްދަލުކުރާނީ ގުރޫޕް ބީ ގެ އެއްވަނަ މީދުއްޕަރު އަދި ގުރޫޕް އޭގެ ދެވަނަ ކާޕެޑިއަމްއެވެ. ދެވަނަ މެޗުގައި 23:00ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ދިގަލި މޯލްޑިވްސް އަދި ބީގެ ދެވަނަ ކުޑަފުށި އައިލެންޑެވެ.   މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މީދޫ ޓައިމްސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...