މީދުއްޕަރު މޮޅަކުން ފެށިއިރު، ގުރޫޕް އޭ އިން ސެމީއަށް ދިގަލި މޯލްޑިވްސް!
ދިގަލި މޯލްޑިވްސް އިން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރި އިރު މީދުއްޕަރު ރިސޯޓުން މުބާރާތް މޮޅަކުން ފަށައިފިއެވެ.   މީދޫ ޖަމްއިއްޔަތުއް ޞަލާހުން ރ އަތޮޅުގެ ރިސޯޓުތަކަށް ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް، ރާބަދި ޗެލެންޗުގައި ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މީދުއްޕަރު ރިސޯޓާއި ކުޑަފުށި އައިލެންޑެވެ. މި މެޗު ފަސޭހަކާމާއި އެކު 7–- 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މީދުއްޕަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޙައްމަދު ނާޖިހު މެޗުގައި 3 ގޯލް ކާމިޔާބުކޮށްދިންއިރު އައިހަމް މުޙައްމަދު ވަނީ 2 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި މީދުއްޕަރުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަބުދުލް މުހައިމިން އަދި ރަޝާދު އަބުދުއް މަތީނެވެ. ކުޑަފުށީގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު އާސިފެވެ.   ރޭގެ ދެވަނަ މެޗުގައި ބައަދަލުކުރީ ރީތިފަރު އަދި ދިގަލި މޯލްޑިވްސްއެވެ. މި މެޗު 8 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ދިގަލި މޯލްޑިވްސްއެވެ. މެޗުގައި ދިގަލީގެ 8 ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނު އަޙްމަދު އާސިފެވެ. ރީތިފަރުގެ ގޯލް ކާމިޔާބުކޮށްދިނީ ދީޕަކެވެ. މި މޮޅާއި އެކު ދިގަލި މޯލްޑިވްސް ވަނީ މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.   މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 22:00 ގައި ބައްދަލުކުރާނީ ރީތިފަރު ރިސޯޓާއި ކާޕެޑިއެމް އެވެ. ގުރޫޕް ބީ ގެ ފަހު މެޗުގައި 23:00 ގައި ބައްދަލުކުރާނީ މީދުއްޕަރު ރިސޯޓާއި ފުރަވެރި އެވެ.   މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މީދޫ ޓައިމްސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
މީދުއްޕަރު، ކުޑަފުށި މެޗުގެ މޮޅު ކުޅުންތެރިޔާ : ނާޖިހު މުޙައްމަދު
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...