ދިގަލި މޯލްޑިވްސް އަދި ކުޑަފުށި ރިސޯޓުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި!
މީދޫ ޖަމްއިއްޔަތުއް ޞަލާހުން ރ. އަތޮޅުގެ ރިސޯޓުތަކަށް ޙާއްސަކޮށްގެން ކުރިޔަށްގެންދާ ރާބަދި ޗެލެންޗް ރޭ ފަށައިފިއެވެ.    ޖުމްލަ 6 ރިސޯޓެއް ބައިވެރިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ގުރޫޕް އޭގައި ބައްދަލުކުރީ ދިގަލި މޯލްޑިވްސް އަދި ކާޕެޑިއެމް ރިސޯޓެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް 5 - 4 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ދިގަލި މޯލްޑިވްސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޙްމަދު އާސިފް 4 ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ޝައްމޫން އިލްޔާސެވެ. ކާޕެޑިއެމްގެ 2 ގޯލް އަޙްމަދު މުޙައްމަދު ކާމިޔާބުކޮށްދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސަން އަދި ޙާލިދު މުޙައްމަދެވެ.   ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ފުރަވެރި އާއި ކުޑަފުށި އައިލެންޑް ބައްދަލުކުރި މެޗް ފަސޭހަކަމާއި އެކު 7 - 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަފުށި އައިލެންޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކުޑަފުށީގެ ހަސަން ސުޖާއުވަނީ މި މެޗުގައި 5 ގޯލް ކާމިޔާބުކޮށްދީފައެވެ. ކުޑަފުށީގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަބުދުލް މަންނާނެވެ. ފުރަވެރީގެ 3 ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ހައިޝަމް، މުޙައްމަދު މަދްހޫން އަދި ޒަޔާން އަޙްމަދެވެ.   މި މުބާރާތުގެ މެޗުތަކެއް މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ 22:00 ގައި ގުރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މީދުއްޕަރު އައިލެންޑް ރިސޯޓާއި ކުޑަފުށި އައިލެންޑު ރިސޯޓެވެ. 23:00 ގައި ގުރޫޕް އޭ ގެ މެޗުގައި ބައްދަލުކުރާނީ ރީތިފަރު ރިސޯޓް އަދި ދިގަލި މޯލްޑިވްސްއެވެ.   މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މީދޫ ޓައިމްސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...