ރ. އަތޮޅުގެ އެންމެ ފުރަތަމަ އިންޓަރ-ރިސޯޓު މުބާރާތް މިރޭ ފަށަނީ
ރ. އަތޮޅުގައި ބާއްވާ އެންމެ ފުރަތަމަ އިންޓަރ ރިސޯޓު ފުޓްސަލް މުބާރާތް މިރޭ ފަށާނެއެވެ.   މީދޫ ޖަމްއިއްޔަތުއްޞަލާހުން އިންތިޒާމުކޮށްގެން ބާއްވާ އެމްޖޭއެސް ރާބަދި ޗެލެންޖް މިރޭ ފަށާއިރު މުބާރާތުގައި ޖުމްލަ 6 ރިސޯޓަކުން ބައިވެރިވެފައިވެއެވެ.   މިގޮތުން ގްރޫޕް އޭގައި ހިމެނެނީ ދިގަލި މޯލްޑިވްސްއާއި ކާޕެޑިއެމްގެ އިތުރުން ރީތިފަރު އައިލެންޑް ރިސޯޓެވެ. ގްރޫޕް ބީގައި ހިމެނެނީ މީދުއްޕަރު އައިލެންޑް ރިސޯޓާއި ކުޑަފުށި އަދި ފުރަވެރިއެވެ.    މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 10:00ގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދިގަލި މޯލްޑިވްސްއާއި ކާޕެޑިއެމްއެވެ. މުބާރާތުގެ ދެވަނ މެޗުގައި މިރޭ 11:00ގައި ބައްދަލުކުރާނީ ކުޑަފުށި އަދި ފުރަވެރިއެވެ.   ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ސެމީފައިނަލަށް ދަތުރު ކުރާއިރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 18ވާ ހޮނިހިރު ދުވަހުގެރެއެވެ.    މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މީދޫ ޓައިމްސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...