ޖަމުޢިއްޔަތުއް ޞަލާހުގެ 26 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި
މީދޫ ޖަމުޢިއްޔަތުއް ޞަލާހުން ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ބާއްވަމުން އަންނަ އެ ޖަމުޢިއްޔާގެ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފިއެވެ.   މިއަހަރު ބާއްވާފައިވަނި އެ ޖަމުޢިއްޔާގެ 26 ވަނަ ޤުރުއާން މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގައި ޖުމްލަ 124 ބައިވެރިން ބައިވެރިވެފައިވާއިރު ނުބަލާ ކިޔެވުމުގެ ގޮފީގައި ޖުމްލަ 60 ބައިވެރިންވަނީ ބައިވެރިވެފައެވެ.   މި ނިމުމުނު ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ މި މުބާރާތް ފެށުމުގެ ގޮތުން އެ ޖަމުޢިއްޔާއިންވަނީ 'ޤުރުއާން؛ މަޢުޟޫޢުއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމްގެ ދަރުހެއް ކުރިއަށް ގެންގޮސްފައެވެ.   ބައިވެރިން ނުލިބުމުގެ ސަބަބުން ފާއިތުވެދިޔަ ދެ އަހަރު މީދޫ ޖަމުޢިއްޔަތުއް ޞަލާހުން އިންތިޒާމްކޮށްގެން ބޭއްވި މީދޫގެ ތަރި މިއަހަރު ކުރިއަށް ނުގެންދާ ގޮތަށް އެ ޖަމުޢިއްޔާއިންވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...