އިދިކޮޅު ރަނިންގމޭޓް މިއަދު މީދޫއަށް ވަޑާއިގަންނަވަނީ!
ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުން ވާދަކުރާ ކެނޑިޑޭޓުގެ ރަނިންގ މޭޓް ފައިސަލް ނަސީމް މިއަދު ހަވީރު މީދޫއަށް ވަޑައިގަންނަވާނެއެވެ.   މިއަދު ހަވީރު 5:00ގައި ފައިސަލް ނަސީމް މީދޫއަށް ވަޑައިގަންނަވާއިރު އަރިހުގައި އިދިކޮޅު ކޯލިޝަނުގެ މަޖިލިސް މެމްބަރުންވެސް މީދޫއަށް ވަޑައިގަންނަވާނެކަމަށް އެމްޑީޕީ މީދޫ ކެމްޕެއިން ޓީމުގެ މެނޭޖަރ އަހުމަދު ނަސީމް މީދޫޓައިމްސްއަށް މައުލޫމާތުދެއްވިއެވެ.   ރަނިންގ މޭޓުގެ މިދަތުރުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ރަނިންގމޭޓު ރާއްޖޭގެ ހުރިހާ ރަށަކަށް މި ކެމްޕެއިނުގައި ޒިޔާރަތްކޮށް ނިމުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ މީދޫގައި އޮންނާނެކަމަށްވެސް ނަސީމް ވިދާޅުވިއެވެ. 
މިޖަލްސާ އޮންނާނީ މިރޭ 8:45ގައި ހުޅަނގު އަވަށު ސްޓޭޖުގައިކަމަށްވެސް ނަސީމް މައުލޫމާތުދެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...