ޝައިޚް ޝަމީމްގެ ހާއްސަ ދަރުހެއް މިރޭ ޖަމުޢިއްޔަތުއް ޞަލާހުގެ ހޯލުގައި
މީދޫ ޖަމުޢިއްޔަތުއް ޞަލާހުން އިންތިޒާމްކޮށްގެން ބާއްވާ އައްޝައިޚް އާދަމް ޝަމީމްގެ ހާއްސަ ދަރުހެއް މިރޭ އެ ޖަމުޢިއްޔާގެ ހޯލްގައި އޮންނާނެއެވެ.   އެ ޖަމުޢިއްޔާގެ 26 ވަނަ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާއިއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މަޢުޟޫއުއަކީ 'ޤުރުއާން'އެވެ. މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:45 ގައެވެ.   މިރޭގެ މި ދަރުސް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގަތުމަށް ޖަމުޢިއްޔަތުއް ޞަލާހުން އެދިލައްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...