ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
'ޗިލްޑްރެންސް ފަން ފެއަރ'ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.   މީދޫގެ ހުރިހާ މުއައްސަސާތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ މި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައެވެ. ކޮންމެ މުއައްސަސާއަކާއި ކުލަބު ޖަމުޢިއްޔާއަކުންވެސް ވަކި ސްޓޯލްތަކެއް ހަދައިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިންނެއް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.   މި ހަވޯރު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ ޝުކުރުއަދާކޮށްފައެެވެ. ކުޑަކުދިންގެ ދުވަހަކީ މެއި 10 ނަމަވެސް، 4 ވަނަ ދުވަހު އެ ދުވަސް ފާހަގަކުރީ ރޯދަ މަހާއި ދިމާވާތީއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...