ހިފްޡުކޮށް ތަރާވީޙުކުރުމަށް މީދޫ ކައުންސިލުން ދެ ހާފިޡުން ގެނެސްފި
މި ރަމަޟާން މަހު ހިފްޡްކޮށް ތަރާވީޙު ކުރުމަށް މީދޫ ކައުންސިލުން ޙަރަދުކޮށްގެން މީދޫއަށް ދެ ހާފިޡުން ގެނެސްފިއެވެ. މި ދެ ހާފިޡުން މީދޫއަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.   މިފަހަރު ހާފިޡުން ގެނެސްފައިމިވަނީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ޙަރަދުގައިކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ނައިބު ރައީސް ނާޖިހް ޖަމީލް ވިދާޅުވީ، މި ދެ ހާފިޡުން ފުރަތަމަ ތަރާވީޙް ނަމާދަށް ނުގެވެނުވީތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށާއި މިކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށެެވެ.   މަސްޖިދުއް ޒިންނޫރައިނި އަދި މަސްޖިދުލް އައްވާބީންގައި ހިފްޡުކޮށް ތަރާވީޙްކުރުމަށް ގެނެްސްފައިވަނީ ޕާކިސްތާނަށް ނިސްބަތްވެލައްވާ ދެ ހާފިޡުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...