ޑޫޒިއަންސް ފައުންޑޭޝަނުން މީދޫގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔާއެއް!
އިޖުތިމާޢީގޮތުން ގިނަ ކަންތައްތަކެއް ހާޞިލް ކުރުމުގެ މަޤުސަދުގައި މީދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ 'ޑޫޒިއަންސް ފައުންޑޭޝަނުން' މީދޫގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކަދުރު ޕެކެޓެއް ބެހުމަށް ނިންމައިފިއެވެ.   މަޢުލޫމާތު ލިބޭ ގޮތުގައި މާދަމާ ކަދުރު ބެހުމުގެ މަސައްކަތް އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ ފައުންޑޭޝަންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ރަށުގެ ކޮންމެ ގެއަކަށް ހަދިޔާއެއް ދިނުންކަމަށާއި ރަމަޟާން މަހަކީ ޞަދަޤާތްކުރުން އިތުރުން ކުރަށް ޖެހޭ މަހަކަށްވީއިރު އެކަމަށް ހޭލުންތެރިކުރުވުންކަމަށް އެ ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ.   ޑޫޒިއަންސް ފައުންޑޭޝަނަކީ އިތުރު އެހީތެރިކަން ބޭނުންވެފައިވާ ކުދިންނަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގުޅިގެން އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ. މީގެ އިތުރުން ޞަދަޤާތުގެ މަތިވެރި އަޅުކަމަށް މީހުން އަހުލުވެރި ކުރުވުމާއި އެ ފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ފައުންޑޭޝަނުގެ މަޤުސަދެކެވެ.   މި ރަމަޟާން މަސްތެރޭގައިވެސް ޑޫޒިއަންސް ފައުންޑޭޝަނުން އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން ސީރިޔާގެ ކުޑަ ކުދިންނަށް ރޯދަވީއްލުމަށް އެހީވުމަށް އިންޓާނޭޝަނަލް އެއިޑް ކެމްޕެއިން އަދި ޑޫޒިއަންސް ފައުންޑޭޝަން ގުޅިގެން ފަންޑް ރައިޒިންގ ހަރަކާތެއް މި ރޯދަ މަހު ކުރިއަށް ގެންދިޔުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.   ޑޫޒިއަންސް ފައުންޑޭޝަންގެ ހަރަކާތްތައް ކުރިއަށް އޮތްތާ ވަރަށް ފުޅާކޮށް ކުރިއަށްގެންދިޔުމަށް އެ ފައުންޑޭޝަނުންވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...