"މަރުހަބާ ރަމަޟާން" މިރޭ ރ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި!
މަރުޙަބާ ރަމަޟާންގެ ނަމުގައި ހާއްސަ ޕުރޮގުރާމެއް މިރޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.   މިރޭ 08:30ގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގައި އާއްމުންނަށް ހުޅުވާލެވިގެން ކުރިޔަށްގެންދާ މި ޕްރޮގުރާމަކީ މީދޫ އުއްމީދު ޖަމްއިއްޔާ އަދި ހުޅުދުއްފާރު ލޭންޓާރން އާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފްރޮގުރާމެކެވެ.   މި ޕްރޮގްރާމްގައި ބައިވެރިވާ އާއްމުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މައިކްރޯވޭވް އަވަނެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.   މި ޕްރޮގުރާމްގައި ޝައިހް ރާފިއުގެ ދަރުހެއްގެ އިތުރުން ރަމަޟާން މަހާއި ގުޅޭގޮތުން ތަފާތު ޕްރޮގުރާމްތަކާއި، ސުވާލާއި ޖަވާބުގެ ޕްރޮގުރާމެއްވެސް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.   ވީހާވެސްގިނަ އާންމުން މި ޕްރޮގުރާމްގައި ބައިވެރިވުމަކީ އުއްމީދު ޖަމްއިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...