ބުދަ ދުވަހު ފެށުމަށްހަމަޖެހިފައިވާ މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ2023 ގެ ޓައިޓަލް ސްޕޮންސަރ އަކަށް ލިޓަސް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ކައުންސިލް ފުޓްސަލް ފިއެސްޓާ ހިންގުން ހަވާލުކޮށްފައިވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުއަށެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ހަވާސް ސްޕޯޓްސް ކުލަބު، ތަންގަނޑު އެފް.ސީ، ޒެފްރޯސް އެފް.ސީ، ގޯޅިގަނޑު އެފް.ސީ، ގޮއްރާޅު، ގާގަނޑު އެފް.ސީ، ލިންކޭޖް ބްރަދާޒްގެ އިތުރުން އެފް.ސީ ޔުނައިޓެޑްއެވެ.

ކޮންމެ ރެއަކުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާސް ސްޕޯޓްސް ކުލަބު އަދި ގޯޅިގަނޑު އެސް.ސީއެވެ. މާދަމާ ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލިންކޭޖް ބްރަދާޒް އަދި ތަންގަނޑު އެފް.ސީއެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްރަނަކީ މީދޫ ޓައިމްސްއެވެ.