ރަމަޟާން މަހު މީދޫ ސިއްޙީ މަރުކަޒުން ހިދުމަތްދޭނެ ގަޑިތައް އިޢުލާންކޮށްފި
ކުރިއަށްއޮތް ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މީދޫ ސިއްޙީ މަރުކަޒުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވާ ގަޑިތައް އިޢުލާންކޮފިއެވެ.   މީދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ރަސްމީ ދުވަސްތަކުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށްކަމަށާއި ބަންދު ދުވަސްތަކުގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 އިން 10:30 އަށްކަމަށެވެ. އެހެންނަމަވެސް ރޭގަނޑު 10:00 އިން ހެނދުނު 9:00 ށް އިމަޖެންސީ ހާލަތުގައި ޑޮކްޓަރުން ބައްލަވާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.   މީގެ އިތުރުން ލެބޯޓަރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 3:00 އަށެވެ. އިމަޖެންސީ ހާލަތެއްގައިނަމަ މެންދުރުފަހު 3:00 އިން ހެނދުނު 9:00 އަށްވެސް ލެބްގެ ހިދުމަތް ލިބިގެންދާނެއެވެ.   މީގެ އިތުރުން މި ގަޑިތައް ފިޔަވާ، އިމަޖެންސީ ހާލަތްތައް މެދުވެރިވެގެންނާއި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ޙާލަތްތަކުގައި ޚިދުމަތް ލިބޭނެކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.   ރަމަޟާން މަހު ސިއްޙީ މަރުކަޒުގެ އޮފީސް ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...