ރަމަޟާން މަހު ފެނަކައިން ފައިސާ ބަލައިގަންނަ ގަޑިތައް އާއްމުކޮށްފި
ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗުން ފައިސާ ބަލައިގަންނާނެ ގަޑިތައް އާއްމުކޮށްފިއެވެ.   އެ ބުރާންޗުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އެ ބުރާންޗުގެ ކޭޝް ކައުންޓަރުން ކަސްޓަމަރުންގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:15 އިން 11:15 އަށް ކަމަށެވެ.   ރަމަޟާން މަހު ފެނަކަ މީދޫ ބުރާންޗުގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން 12:00 އަށްކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...