ތަރުހީބު ނުލިބުމުގެ ސަބަބުން މީދޫގެ ތަރި މިއަހަރު ނުބާއްވާގޮތަށް ނިންމައިފި
ފާއިތުވެދިޔަ ދެ އަހަރުވެސް މީދޫގައި ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ޤުރުއާން މުބާރާތްކަމަށްވާ މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ 'މީދޫގެ ތަރި' މުބާރާތް އެކަށީގެންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފިއެވެ.   ރާއްޖޭގެ މަޝްހޫރު ޖަޖުންނާއިއެކު ފާއިތުވެދިޔަ ދެ އަހަރުވެސް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިޔަ މީދޫގެ ތަރި ނުބާއްވާގޮތަށް ނިންމި ނަމަވެސް އެ ޖަމުޢިއްޔާއިން ކުރިން ބާއްވަމުން ގެންދިޔަ ގޮތަށް 13 އަހަރުން މަތީގެ ކުދިންނަށް ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޚުވާލާފައެވެ.   ޤުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ 13 އަހަރުން މަތީގެ ކުދިންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މެއި 4 ވަނަ ދުވަހާއި ހަމައަށް ރަވަ ފިހާރައިގައި ކުރިއަށްދާނެކަމަށް އެ ޖަމުޢިއްޔާއިން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...