ހަވާސް ގުރޫޕުގެ ކޮންމެ މެމްބަރަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބިސް ކޭހެއް!
ހަވާސް ގުރޫޕުގެ މެނޭޖްމެންޓުގެ ފަރާތުން އެ ގުރޫޕުގެ ކޮންމެ މެމްބަރަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބިސް ކޭހެއް ދޭން ނިންމައިފިއެވެ.   ހަވާސް ގުރޫޕުގެ ފަރާތުން މަޢުލޫމާތުދިން ގޮތުގައި ކޮންމެ މެމްބަރަކަށް ބިސް ކޭހެއް ދޭން ނިންމީ ބިހަކީ ރޯދަ މަހު އާއްމުކޮށް ގޭގޭގައި ވަރަށް ގިނައިން ބޭނުންކުރާ ރޯދަމަހުގައި ވަރަށް މުހިއްމު އެއްޗަކަށްވާތީކަމަށެވެ. މި ނިންމުމަކީ ހަވާސް ގުރޫޕުގެ މެނޭޖްމެންޓުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއްކަމަށް ހަވާސްއިން މަޢުލޫމާތުދެއެވެ.   ކުރިއަށް އޮތް އަހަރުތަކުގައި ރަށުގެ ރައްޔިތުންނަށް ރޯދަމަހު ހަވާސްގެ ފަރާތުން ރޯދަ ހަދިޔާއެއް ދިނުމަކީ ހަވާސްއިން އަމާޒު ހިފާފައިވާކަން ފާހަގަކޮށްލެވެއެވެ. ހަވާސްގެ ހިންގުން މިހާރު ކުރިއަށް ގެންދިޔުމަށް ވިސްނުންހުރީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުން ކުރާ ކަންކަމުގައި އެއްބާރުލުންދީގެން ރަށުގެ ތަރައްޤީއަށް ކުރާ ކަންކަމުގައި ހަވާސްގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިއަށްދިޔުމަށްކަމަށް ހަވާސްއިން ބުންޏެވެ.   ހަވާސްއިންވަނީ މިއަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުޓުބޯޅަ މުބާރަތާއި ނެޓުބޯޅަ މުބާރާތްވެސް ސްޕޮންސަރކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މަދަހަ ކުލާސްތަކެއްވެސް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...