މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 520 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މީދޫއަށް ގެނެއުމަށް ހަމަޖެހުނު ޖަނަރޭޓަރު މިއަދު ހެނދުނު މީދޫއަށް ގެނެސްފިއެވެ.   ޖަނެރޭޓަރު ބޭލުމަށްފަހު އިންޖީނުގެއަށް ގެންދިޔުމުގެ މަސައްކަތް ފެނަކަ މީދޫ ބުރާންޗުގެ މުވައްޒަފުން މިހާރު އަންނަނީ ކުރަމުންނެވެ. ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗުން މީގެ ކުރިން މަޢުލޫމާތު ދިންގޮތުގައި ޖަނެރޭޓަރު އިންސްޓޯލްކޮށް އެ ޖަނަރޭޓަރުން ކަރަންޓު ދިނުމަށް ހަފްތާއެއްހާ ދުވަސް ނަގާނެއެވެ. މިއަދު މީދޫއަށް ގެނެސްފައިވަނި 520 ކިލޯވޯޓުގެ ޖަނަރޭޓަރަކެވެ.
ޖަނަރޭޓަރު ގެންދިޔުމުގެ މަސައްކަތް ފެނަކަ މުވައްޒަފުން ކުރަނީ | ފޮޓޯ: މުހައްމަދު ޝަރީފް
މީދޫއަށް ކަރަންޓުގެ މައްސަލަ ދިމާވާތާ އަހަރެއްހާ ދުވަސްވެފައިވާއިރު އަލަށް މި ގެނެވުނު ޖަނަރޭޓަރާއިއެކު ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ. ރޯދަކުރިން މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވެއްޖެނަމަ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާންޖެހޭނެއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-04-28 13:09:21
Ali
Kon Meedhoo eh
އެންމެ މަގުބޫލު: 7 ދުވަސް

...