ހަވާސްގެ ރޯދަ ހަދިޔާ: ރީތިކޮށް މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް!
ކުރިއަށް އޮތް ރަމަޟާންމަހާއި ދިމާކޮށް ހަވާސްގެ ފަރާތުން ރީތިކޮށް މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްގެ ނަމުގައި ކުލާސްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.   މި ކުލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 އަހަރުންދަށާއި، 7 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 13 އަހަރުންދަށުގެ ކުދިންނަށްކަމަށް ހަވާސްއިން މަޢުލޫމާތުދެއެވެ. ޖާގައިގެ ދަތިކަމުން މިފަހަރު ކޮންމެ އުމުރުފުރާއަކުންވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ފޯމު ހުށައަޅާ ދިހަ ކުދިންނަށްކަމަށް ހަވާސްއިން ބުންޏެވެ.   އެހެންނަމަވެސް ކުރިއަށްހުރި އަހަރުތަކުގައި މިފަހަރަށްވުރެ ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ވިސްނުން ހަވާސްއިން ގެންގުޅެއެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް ދޫކުރާ ފޯމް ލިބެން ހުންނާނީ ހަވާސް ސްޓޫޑިއޯއިންނެވެ. މީގެއިތުރުން އެންޓްރެންސް ފީގެ ގޮތުގައި 50 ރުފިޔާ ނަގާގޮތަށްވަނީ ހަމަޖެހިފައެވެ.   ލަސްނުކޮށް ފޯމް ނަގާ ފޯމުލުމަށް ހަވާސް މެނޭޖްމެންޓްއިން އެދެއެވެ. މިދިޔަ އަހަރުވެސް ހަވާސްއިންވަނީ މި ފަދަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...