ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ޓެބްލެޓު ހަވާލުކޮށްފި
ހުރިހާ ދަރިވަރުންނަށްވެސް ކިޔެވުމުގައި ފޮތްތަކުގެ ބަދަލުގައި ޓެބްލެޓު ބޭނުންކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ޓެބްލެޓުތައް ހަވާލުކޮށްފިއެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގުރޭޑު 1ން 12 އާއި ހަމައަށް ކިޔަވަމުންދާ 380 ދަރިވަރުންނަށް ޓެބްލެޓުތައް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޓެބްލެޓުތައް ހުރިހާ ދަރިވަރުންނަށްވެސް ދޫކޮށްފައިވަނީ ސްކޫލުން މޮނީޓަރ ކުރާގޮތަށް ފަންކްޝަންކޮށްފައިކަމަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތުދެއެވެ.   މީގެ އިތުރުން މިކަމާއި ގުޅޭ ތަމްރީނުތައްވެސް މަރުކަޒުގެ ހުރިހާ ޓީޗަރުން ފުރިހަމަކޮށްފައިވާކަމަށާއި މާދަމާއިން ފެށިގެން ކުލާސްތަކުގައި ކިޔަވައިދިނުމުގައި ޓެބްލެޓުތައް ބޭނުންކުރާނެކަމަށްވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...