މީދޫއަށް‮ ‬ގެނައުމަށް‮ ‬ހަމަޖެހިފައިވާ‮ ‬ޖަނަރޭޓަރު‮ ‬މާދަމާ‮ ‬ކަސްޓަމުން‮ ‬ނެރެވޭތޯ‮ ‬ބަލަނީ
މީދޫއަށް‮ ‬ގެނައުމަށް‮ ‬ހަމަޖެހިފައިވާ‮ ‬600‮‬‬ކިލޯވޮޓުގެ‮ ‬ޖަނަރޭޓަރު‮ ‬މިހާރު‮ ‬މާލެ‮ ‬ގެނެވިފައިވާކަމަށާއި‮ ‬މާދަމާގެ‮ ‬ވަގުތެއްގައި‮ ‬ކަސްޓަމުން‮ ނެރެވޭތޯ‮ ‬މަސައްކަތްކުރަމުން‮ ‬އަންނަކަމަށް‮ ‬ފެނަކަ‮ ‬ކޯޕަރޭޝުން‮ ‬މައުލޫމާތުދެއްވައިފިއެވެ‮.‬   ފެނަކަ‮ ‬ކޯޕަރޭޝަންގެ‮ ‬މެނޭޖިންގ‮ ‬ޑިރެކްޓަރގެ‮ ‬ބިއުރޯއިން‮ ‬މީދޫ‮ ‬ޓައިމްސްއަށް‮ ‬މައުލޫމާތުދެއްވަމުން‮ ‬ވިދާޅުވީ‮ ‬މިހަފްތާތެރޭގައި‮ ‬ޖަނަރޭޓަރު‮ ‬މާލެ‮ ‬އައިސްފައިވާކަމަށާއި‮ ‬އުއްމީދުކުރަނީ‮ ‬މާދަމާ‮ ‬ކަސްޓަމުން‮ ‬ކްލިއަރ‮ ‬ކުރެވި،‮ ‬ވީ‮ ‬އެންމެ‮ ‬އަވަހަކަށް‮ ‬މީދޫއަށް‮ ‬ފޮނުވުންކަމަށެވެ‮.‬   މީދޫގައި‮ ‬މިހާރު‮ ‬ބޭނުންކުރަމުން‮ ‬އަންނަ‮  ‬ޖަނަރޭޓަރުން‮ ‬މީދޫއަށް‮ ‬އެކަށީގެންވާވަރަށް‮ ‬ކަރަންޓު‮ ‬ފޯރުކޮށްނުދެވި‮ ‬އިރުއިރުކޮޅުން‮ ‬ރަށުން‮ ‬ކަރަންޓު‮ ‬ކެނޑޭތާ‮ ‬އަހަރަކަށްވުރެ‮ ‬ގިނަ‮ ‬ދުވަސްވަނީ‮ ‬ވެފައެވެ‮.‬‮  ‬
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...