މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 ގެ މީޑިއާ ޕާޓްނަރަކަށް ’މީދޫ ޓައިމްސް‘ ހަމަޖައްސައިފިއެވެ.

މިއަހަރުގެ މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ އިންތިޒާމް ކުރަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުންނެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ހަވާސް ސްޕޯޓްސް ކުލަބު، ތަންގަނޑު އެފް.ސީ، ޒެފްރޯސް އެފް.ސީ، ގޯޅިގަނޑު އެފް.ސީ، ގޮއްރާޅު، ގާގަނޑު އެފް.ސީ، ލިންކޭޖް ބްރަދާޒްގެ އިތުރުން އެފް.ސީ ޔުނައިޓެޑްއެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާސް ސްޕޯޓްސް ކުލަބު އަދި ގޯޅިގަނޑު އެސް.ސީއެވެ. ހަމަ އެރޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލިންކޭޖް ބްރަދާޒް އަދި ތަންގަނޑު އެފް.ސީއެވެ.