"ފުއްޑަން"ގެ‮ ‬ނަމުގައި‮ ‬އަންހެނުންނަށް‮ ‬ހާއްސަ‮ ‬ވޯކްޝޮޕެއް‮ ‬ބާއްވައިފި
"ފުއްޑަން"ގ‮ެ‮ ‬ނަމުގައި‮ ‬އަންހެނުންނަށ‮ް‮ ‬ހާއްސަ‮ ‬ވޯކްޝޮޕެއް‮ ‬މީދޫގައި‮ ‬ކުރިއަށްގެންގޮސްފިއެވެ‮.‬   މީދޫ‮ ‬ޖަމްޢިއްޔަތުއްޞަލާހާއި‮ ‬މީދޫ‮ ‬އަންހެނުންގެ‮ ‬ތަރައްޤީއަށް‮ ‬މަސައްކަތްކުރާ‮ ‬ކޮމިޓީ‮ ‬ގުޅިގެން‮ ‬ކުރިއަށްގެންދިޔަ‮ ‬މި‮ ‬ވޯކްޝޮޕުގައި‮ ‬މައުލޫމާތުދެއްވީ‮ ‬މީދުއްޕަރު‮ ‬އައިލެންޑް‮ ‬ރިސޯޓުގެ‮‮ ‬ތަޖުރިބާކާރު‮ ‬3‮ ‬ޝެފުންނާއި‮ ‬ފުޑް‮ ‬އެންޑް‮ ‬ބެވަރޭޖަސް‮ ‬ދާއިރާގެ‮ ‬ރަޖުރިބާކާރެއްކަމަށްވާ‮ ‬އަހުމަދު‮ ‬އަންވަރެވެ‮.‬    ޖުމްލަ‮ 35‮ ‬ބައިވެރިންނާއެކު‮ ‬ކުރިއަށް‮ ‬ގެންދިޔަ‮ ‬މި‮ ‬ވޯކްޝޮޕްގެ‮ ‬މަޤްސަދަކީ‮ ‬ރޯދަމަހާއި‮ ‬ދިމާކޮށް‮ ‬ބަދިގޭގެ‮ ‬މަސައްކަތްތަކަށް‮ ‬ބޭނުންވާ‮ ‬ހުނަރުތައް‮ ‬ދަސްކޮށްދިނުމުގެއިތުރުން‮ ‬ބަދިގޭގެ‮ ‬ތަރުތީބުތަކާއި‮ ‬ކާބޯތަކެތީގެ‮ ‬ރައްކާތެރިކަމާ‮ ގުޅޭގޮތުން‮ ‬ކަނބަލުން‮ ‬ހޭލުންތެރިކުރުވުމާއި‮ ‬ފަސޭހައިން‮ ‬ތައްޔާރުކުރެވިދާނެ‮ ‬ފޮނި‮ ‬ކާތަކެތި‮ ‬ދަސްކޮށްދިނުންކަމަށް‮ ‬މީދޫ‮ ‬ޖަމްޢިއްޔަތުއްޞަލާހުގެ‮ ‬ފަރާތުން‮ ‬މީދޫ‮ ‬ޓައިމްސްއަށް‮ ‬މައުލޫމާތުދެއްވިއެވެ‮.‬   ޖަމްޢިއްޔަތުއްޞަލާހުގެ‮ ‬ފަރާތުން‮ ‬މީދޫ‮ ‬ޓައިމްސްއަށް‮ ‬މައުލޫމާތުދެއްވަމުން‮ ‬އެ‮ ‬ޖަމިއްޔާގެ‮ ‬ރައީސް‮ ‬ޢަބްދުﷲ‮ ‬ޝިހާމް‮ ‬ވިދާޅުވީ‮ ‬އަމާޒުކުރެވުނު‮ ‬ހުރިހާ‮ ‬ބައެއްވެސް‮ ‬މި‮ ‬ވޯކްޝޮޕުގެ‮ ‬ބައިވެރިންނަށް‮ ‬ކިޔައިދެވުނުކަމަށާއި‮ ‬އޭގެއިތުރުން‮ ‬ބައިވެރިންގެ‮ ‬ސުވާލުތަކަށް‮ ‬ޖަވާބުވެސް‮ ‬އެރުވުނުކަމަށެވެ‮.‬‮ ‬ޝިހާމް‮ ‬އިތުރަށް‮ ‬ވިދާޅުވީ‮ ‬މި‮ ‬ވޯކްޝޮޕް‮ ‬ކުރިއަށް‮ ‬ގެންދިޔުމުގައި‮ ‬މީދުއްޕަރު‮ ‬އައިލެންދް‮ ‬ރިސޯޓުގެ‮ ‬ފަރާތުން‮ ‬ވެދެއްވި‮ ‬އެހީތެރިކަމަށް‮ ‬އެ‮ ‬ރިސޯޓުގެ‮ ‬މެނެޖްމެންޓަށް‮ ‬ޝުކުރު‮ ‬އަދާކުރާކަމަށެވެ‮.‬   މީދޫ‮‮ ‬ޖަމްޢިއްޔަތުއްޞަލާހަކީ ‬މީދޫ‮ ގެ‮ ‬ރައްޔިތުން‮ ‬ހޭލުންތެރިކުރުމަށް‮ ‬މިފަދަ‮ ‬ޕްރޮގްރާމްތައް‮ ‬ހިންގަމުން‮ ‬އަންނަ‮ ‬ޖަމްޢިއްޔާއެއްކަން‮ ‬‬ފާހަގަކޮށްލެވެއެވެ‮.‬‮ 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...