ޕީ.އެން.ސީގެ ކައުންސިލް މެމްބަރުކަމަށް މުހައްމަދު އާސިމް ކުރިމަތިލައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީ.އެން.ސީގެ ކައުންސިލް މެމްބަރުކަމަށް ރ. މީދޫ ލަކީސްޓަރ، މުހައްމަދު އާސިމް (ގުރާ) ކުރިމަތިލައިފިއެވެ.   ޕީ.އެން.ސީގެ އެކި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުކަމަށް މަޢުލޫމާތު ލިބެއެވެ. ޕީ.އެން.ސީގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމަށްފަހު މީދޫ ޓައިމްސްއާއި ވާހަކަދައްކަމުން އާސިމް ބުނީ، ޕީ.އެން.ސީގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާން ނިންމީ ސިޔާސީ ގޮތުން އިތުރަށް ކުރިއަށްދިޔުމަށްކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ރަނގަޅު އިދިކޮޅު ޕާޓީއަކީ ޕީ.އެން.ސީކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.   އިތުރަށް ވާހަކަދައްކަމުން އާސިމް ބުނީ، ޕާޓީގެ ތެރެއިން ޒުވާނުންނާއި ގުޅިގެން އިސް ސަފުގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެބަހުރިކަމަށެވެ. އާސިމްއަކީ މީދޫ ޕީ.ޕީ.އެމް/ ޕީ.އެން.ސީ ގޮފީގައިވެސް އިސް ދައުރެއް އަދާ ކުރަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މާލޭގައިވެސް އެ ދެ ޕާޓީގެ މަސައްކަތްތަކުގައި އިސްކޮށް އުޅޭ ފަރާތެކެވެ.   މުހައްމަދު އާސިމްވަނީ މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުވެސް އަދާކޮށްފައެވެ. މީގެ އިތުރުން އާސިމްއަށްވަނީ 2016 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު ޝަރަފްގެ އެވޯޑުވެސް ސަރުކާރުން އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...